މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގާއިމުކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ފަވަރައިގެ ޚިދުމަތާ ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް، ފަހިޕޭ ޕްރައިވެޓް ލިމިޓެޑުން ފަވަރައިގެ ޚިދުމަތްތައް ދޭން ފަށައިފިއެވެ.
ޤައުމީ ޕޭމަންޓް ނިޒާމު ފަވަރައާއި ގުޅުމަށް ޑިޖިޓަލް ވޮލެޓް ފަހި ޕޭއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، މިމަހުގެ 9 ވަނަ ދުވަހުއެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަހިޕޭއިން ފަވަރައާ ގުޅުމާއެކު ފަހިޕޭ ޕްރައިވެޓް ލިމިޓެޑުން ޚިދުމަތްތައް ހޯދާ ހުރިހާ ކަސްޓަމަރުންނަށް ވެސް ފަވަރަ ޓްރާންސްފަރ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން މި ސިސްޓަމްގެ އެންމެހާ ޚިދުމަތްތައް މިހާރު ލިބޭނެ ކަމަށެވެ.
ފަހިޕޭ ޕްރައިވެޓް ލިމިޓެޑަކީ ބޭންކު ނޫން ޕޭމަންޓް ޚިދެްމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރށާއާއި ގުޅޭ ދެވަނަ ފަރާތެވެ. އަދި ޕޭމަންޓް ޚިދްމަތްދޭ އެހެނިހެން ފަރާތްތަށްވެސް ފަވަރާއާއި ގުޅުމުގެ މަސައްކަތް ކުރަމުންގެންދާކަމަށްވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ،











ކޮމެންޓް